ހުޅުމާލެ ފޭސް 2ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ސަން

13 މާރިޗު 2026 | ހުކުރު | 11:37

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ފުލުހުންގެ އެހީތެރިކަމާއެކު އެ ފުލުސް މީހާ ހިޔާގެ އެޕާޓްމަންޓަކުން ނެރޭއިރު އޭނާގެ ބޯފެޅި ވަރަށް ބޮޑަށް ލޭ އަންނަމުންދާ މަންޒަރެވެ. އެ ވަގުތު ވެސް އާއްމުންގެ ބަޔަކު އޭނާއާ ކުރިމަތި ލުމަށް މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އަނިޔާވި ފުލުސް މީހާއަށް ސޯޝަލް މީޑިއާގައި ކުރަމުން އަންނަނީ ހުތުރު ތުހުމަތެކެވެ.

މައުޟޫޢުތަށް