ޚުތުބާގައި ގޮވާލީ، ރޯދަމަސް ނިމުނަސް ހެޔޮ އަމަލުކުރުން މަތީގައި ދެމިތިބުމަށް

ސަން

13 މާރިޗު 2026 | ހުކުރު | 1:14

ފަހު ދިހައެއްގެ ރޯދަތައް ގުނާއިރު، ރޯދައަށް ފަހުގައި ވެސް ހެޔޮ އަމަލުތައް ކުރުން މަތީގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ދީފައިވަނީ، ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް، ހެޔޮ އަމަލުކުރުމަށް ނިމުމެއް ނާންނާނެ ކަމަށެވެ. މިގޮތުން، ހެޔޮ އަމަލުކުރުމަށް ނިމުމެއް އަންނާނީ މަރުވުމަށް ފަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މައުޟޫޢުތަށް