ކުރިއާ އަޅާބަލާއިރު މިހާރު މުޅި ރާއްޖެއަށް ވެސް ވައި ސާފު، 2 ދުވަސް ތެރޭ ވައިގެ ކޮލިޓީ ރަނގަޅުވާނެ: މެޓް
ސަން
13 މާރިޗު 2026 | ހުކުރު | 10:02
ކުރިއާ އަޅާބަލާއިރު، މުޅިރާއްޖެއަށް ވައި ސާފުވަމުން އަންނަ ކަމަށާއި، ދެ ދުވަހެއްގެ ތެރޭގައި ވައިގެ ކޮލެޓީ ރަނގަޅުވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކާ ގޮތުން މިއަދު ވައި އެންމެ ނުސާފުކަމަށް ދައްކާ ކުޅުދުއްފުށީ ސިޓީގެ ވައިގެ ސާފުކަން ހުރީ 105 ގައެވެ. އެއީ އޮރެންޖު އެލާޓެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ސިޓީއަށް ވެސް ވައި ސާފުވަމުން އަންނާނެ ކަމަށް އައިކިއު އެއާއިން ދައްކައެވެ.
މާލެ ސަރަހައްދުގެ ވައިގެ ސާފުކަން ހުރީ 64 ގައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ ވައިގެ ސާފުކަން ހުރީ 33 ގައެވެ. މި ސަރަހައްދުތަކަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވައި ސާފުވާނެކަމަށް ދައްކައެވެ.