"ހަނގުރާމައިގެ މި ހާލަތުގައި އިންތިޚާބާ ދިމާކޮށް ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރަންޖެހޭ، މިއީ ގައުމާ މެދު ވިސްނަންވީ ވަގުތު"

ސަން

13 މާރިޗު 2026 | ހުކުރު | 10:26

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ މި ދަނޑިވަޅުގައި، ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރު ވާނެ ކަމުގެ އުންމީދުގައި ނުތިބެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ގޮވާލައްވައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު، ތެލުގެ އަގު މަތިވެ، ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް ކުރިއާ އަޅާ ބަލާއިރު ވަނީ ދަށްވެފައެވެ. އަދި މެދުއިރުމަތިން ރާއްޖެއަށް އަންނަ ބައެއް ފްލައިޓްތައް ކެންސަލްވެ، ޓިކެޓުގެ އަގުތައް ބައެއް އެއާލައިންތަކުން ވަނީ ބޮޑުވެސް ކޮށްފައެވެ.

ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާއިރު، ރިޒާވަށް އަސަރު ކުރުމުގެ ބިރު އެބައޮތެވެ.

މައުޟޫޢުތަށް