42 އަހަރު ކުރިން ތުޅާދޫ ކޯޓުން ނިންމި ތަރިކައިގެ މައްސަލައެއްގެ އިސްތިއުނާފު ބަލައިނުގަތް
ސަން
13 މާރިޗު 2026 | ހުކުރު | 10:59
މީގެ 42 އަހަރު ކުރިން، ބ. ތުޅާދޫ ކޯޓުން ނިންމި ތަރިކައާ ބެހޭ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.
މީގެ 42 އަހަރު ކުރިން، ތުޅާދޫ ކޯޓުން ނިންމި މި މައްސަލައަކީ، ތަރިކައިގެ މައްސަލައެކެވެ. ނަވާރަސަތޭކަ ހަތްދިހަނުވަ ވަނަ އަހަރުގެ މި ގަޒިއްޔާ، ތުޅާދޫ ކޯޓުން ނިންމާފައިވަނީ 1984 ވަނަ އަހަރެވެ.
މި މައްސަލަ އިސްތިއުނާފު ކުރަން މިދިޔަ އަހަރުގެ ފަހުކޮޅު ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭށެވެ.