އަމިއްލަ ދަބަހުގައި ޑުރަގު އުފުލި ކަމަށް އެއްބަސްވެ ބުނީ، ރިސޯޓެއްގައި ހުރި މީހަކަށް ދޭން ގެންދަނީ ކަމަށް
ސަން
14 މާރިޗު 2026 | ހޮނިހިރު | 1:45
އަމިއްލަ ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވި މީހަކު، އެ ތަކެތި ގެންދަނީ ރިސޯޓެއްގައި ހުރި މީހަކަށް ދޭން ކަމަށް، ފުލުހުން ގާތުގައި ބުނެފިއެވެ.
ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހާޒިރުކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން، އޭނާ ހުއްޓުވައި ސުވާލުކުރުމުން އޭނާގެ ދަބަހުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އަމިއްލައަށް ވަނީ ބުނެފައެވެ.