ކުޑަކުއްޖަކު މެދުވެރިކޮށް ޑްރަގު ވިޔަފާރިކުރާކަމަށް ބުނެ ބަޔަކު ހައްޔަރުކޮށްފި
ސަން
14 މާރިޗު 2026 | ހޮނިހިރު | 8:32
ކުޑަކުއްޖަކު މެދުވެރިކޮށް ޑްރަގު މުއާމަލާތް ކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ކުޑަކުއްޖަކު މެދުވެރިކޮށް ޑްރަގުގެ މުއާމަލާތްތައް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ވ. ސެޓެލައިޓް އަހްމަދު ނައީމާއި، ވ. ނާޒްލީމަންޒިލް ހަސަން ނުއާޒެވެ.
ހަސަން ނުއާޒާއި، އަހްމަދު ނައީމް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށްވެސްވަނީ މިއަދު 30 ދުވަސް ޖަހައިފައެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތެވެ.