މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ދެބައިކުޅަ އެއްބަޔަށް ލިމިޓްކޮށްފި
ސަން
15 މާރިޗު 2026 | އާދިއްތަ | 10:55
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ ވަރަށްވުރެ މަދުން އަނެއްކާވެސް ވިއްކަން ފަށައިފިއެވެ.
މޯލްޑިވް ގޭސްއިން މި ބަދަލު ގެނެސްފައިވާއިރު މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ގިނަ ގައުމުތަކަކަށް ވަނީ ދަތިވެފައެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ސްރީލަންކާ ވެސް ހިމެނެއެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން މިހާރު ވަނީ، އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ފަސް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އެހެންކަމުން މިހާރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ އެއަށް ފަސް ކިލޯއަށް ގޭސް އަޅައިގެންނެވެ.