ޒުވާން ލަވަކިޔުންތެރިންނާއެކު "އެކިރާގު"، ޓިކެޓު ވިއްކަން ފަށައިފި

ސަން

15 މާރިޗު 2026 | އާދިއްތަ | 1:10

ޒުވާން ލަވަކިއުންތެރިން ހިމެނޭހެން، "އެކިރާގު"ގެ ނަމުގައި އޮލިމްޕަސް ތިއޭޓަރުގައި އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު މިއުޒިކް ޝޯ އެއް ބާއްވަން ނިންމައި, ޓިކެޓު ވިއްކަން ފަށައިފިއެވެ.

އޭޕްރިލް މަހުގެ ފުރަތަމަ ތިން ދުވަހު އޮންނަ މި ޝޯގެ ޓިކެޓުތައް ދޫކުރަން މިހާރު ވަނީ ފަށައިފައެވެ. ޓިކެޓް ގަތުމަށް މެސެޖު ކުރަން ޖެހޭ ނަންބަރަކީ 7774841 އެވެ.

މި ޝޯ އިންތިޒާމު ކުރައްވާ, އަޙްމަދު ސަލީމް (ޑިސްކޯ ސަލީމް) 'ސަން'އަށް މިއަދު ވިދާޅުވީ، ޝޯގެ ޓިކެޓުތައް ވިއްކަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ޓިކެޓުތަކުގެ އަގުތައް އުޅެނީ 200 ރުފިޔާއަށާއި 300 ރުފިޔާއަށާއި 500 ރުފިޔާއަށް ކަމަށް، ސަލީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް