އުރީދޫން ކަރާ ފަޅަން ރަށުތެރެއަށް، ކުޅުންތެރިން ޕޮއިންޓު ހޯދައި ޓީމު މޮޅުކޮށްދޭން ލިބޭ ރަނުގެ ފުރުސަތެއް
ސަން
15 މާރިޗު 2026 | އާދިއްތަ | 12:15
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އުރީދޫން ތައާރަފްކުރި "ކަރާ ފެޅުން" ގޭމުގައި އުރީދޫން "ކަރާ ކުއެސްޓް" ތައާރަފުކޮށްފިއެވެ.
މައިއުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ މި ގޭމާ ގުޅޭގޮތުން އުރީދޫން ބުނީ، މިއީ ކަރާ ފަޅައިގެން ކުުޅުންތެރިންގެ ޓީމަށް ޕޮއިންޓު ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.
އުރީދޫ ކަރާ ކުއެސްޓަކީ، ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެއެވެ.