ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026ގެ އާންމު ވޯޓުލުން ހުޅުވާލައިފި

ސަން

15 މާރިޗު 2026 | އާދިއްތަ | 1:23

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބާއްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026" ގެ އާންމު ވޯޓުލުން މިއަދު ރަސްމީކޮށް ހުޅުވައިލައިފިއެވެ.

ވޯޓުލުމުގެ ފުރުސަތު މިއަދުން ފެށިގެން އެވޯޑުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުނެއެވެ. މިއީ މި އެވޯޑު ދިނުމުގެ މަރުހަލާގެ ތެރެއިން ދެން އޮތް އެންމެ މުހިންމު ފިޔަވަޅެވެ.

ވޯޓުލުމުގެ ފުރުސަތު އެއް މަސްދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާއިރު، މީގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ފަތުރުވެރިން އަދި އާންމުންނަށްވެސް އެކި ދާއިރާތަކުން ވަނަތައް ހޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެވޯޑަށް ނަން ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާއިރު، ރާއްޖޭގައި ހިންގާ 179 ރިސޯޓެއްގައި މަސައްކަތް ކުރާ 460 އަށް ވުރެ ގިނަ މީހުން ވަނީ ނަން ހުށަހަޅާފައެވެ.

މައުޟޫޢުތަށް