މި ދަނޑިވަޅުގައި ފެންނަނުފެންނަ ވޯޓު ނަގަނީ، ކައުންސިލް އިންތިޚާބާ އެއްކުރުމުން ފައިސާ ސަލާމަތްވާތީ: އުޝާމް
ސަން
15 މާރިޗު 2026 | އާދިއްތަ | 2:49
ރައްޔިތުންގެ މަޖިލިސް އިންތިޚާބު، ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ބާއްވަން ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ބާއްވަނީ އެ ދެ ވޯޓު ވެސް އެކުގައި އޮތުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެތީކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ދުސްތޫރީ އެހެން މައްސަލަތައް ކުރިއަށް ނުގެންގޮސް މި ވަގުތު ފެންނަ ނުފެންނަ ވޯޓެއް އަވަސް އަރުވައިލައިގެން ބާއްވަން ސަރުކާރުން އުޅޭކަމަށް ބުނެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ކަންބޮޑުވުމާ ގުޅިގެން ހުސްނުއްސުއޫދަށް ރައްދު ދެއްވަމުން އެޓާނީ ޖެނެރަލް އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް ހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި، އެކަންކަން އިސްލާހުކުރުމަށް ސަރުކާރުން ތިން މައިގަނޑު އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.