މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 2.7 ބިލިއަން ޚަރަދުކޮށްފި، 10 ޕަސެންޓްގެ އިތުރުވުމެއް

ސަން

15 މާރިޗު 2026 | އާދިއްތަ | 3:42

މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ދައުލަތުން 2.7 ބިލިއަން ޚަރަދުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން، މުސާރައާއި އިނާޔަތާއި ޕެންޝަނަށް މި އަހަރު 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އެ ޚަރަދުތަކަށް މި އަހަރަށް 17.1 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

މައުޟޫޢުތަށް