2 ކިލޯ ޑުރަގު ގެނައުން: މެލޭޝިއާ މީހާ ބުނީ ގެނައީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް
ސަން
15 މާރިޗު 2026 | އާދިއްތަ | 10:26
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށާއި އޭނާ އައީ ވެސް ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް އޭނާ ކޯޓުގައި މިއަދު ބުނެފިއެވެ.
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ އަންހެނަކާއި ދިވެހި ދެ ފިރިހެނުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން، މެލޭޝިއާ، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.