ސަޢުދީން މިނިސްޓްރީއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި

ސަން

15 މާރިޗު 2026 | އާދިއްތަ | 8:27

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމިކް މިނިސްޓަރީއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހެވެ. އަދި، އެ ކަދުރު ރަސްމީކޮށް ހަވާލުކުރަން ވަނީ އިސްލާމީ މަރުކަޒުގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެ ކަދުރު، ސަރުކާރުގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާފައިވާނެ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް