ވިލިމާލެއަކީ ހަމައެކަނި ވޯޓު ސީޒަނަށް އޮތް ތަނެއް ނޫން، ފާއިތުވި 2 އަހަރު ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ: މޭޔަރު ޢާޒިމް

ސަން

15 މާރިޗު 2026 | އާދިއްތަ | 8:21

ވިލިމާލެއަކީ ހަމައެކަނި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުންތަކަށް ޒިޔާރަތްކުރާ އަވަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް، އެ އަވަށަކީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއް މަންޒިލަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު ޢާޒިމް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރަކީ ވިލިމާލޭގައި ގިނަގުނަ މަސައްކަތްތަކެއް ދެނެގަނެވި، އެ މަސައްކަތްތައް އަމަލީ ގޮތުން ފެށުނު ދުވަސްތަކެއް ކަމަށެވެ. އަދި، މާލެއާއި ހުޅުމާލެއެކޭ އެއްފަދައިން، ވިލިމާލެއަށް ވެސް މި ކުރު މުއްދަތުގެ ތެރޭގައި އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވިލިމާލެއަކީ ހަމައެކަނި ވޯޓު ސީޒަނަށް އެކަނި ދާން އޮންނަ އަވަށެއް ނޫން. އެއީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއްތަން،" މޭޔަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް