ލޯކަލް މާރުކޭޓް ހުރި ބިމުގައި، ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން 126 މިލިއަނަށް ހަވާލުކޮށްފި
ސަން
15 މާރިޗު 2026 | އާދިއްތަ | 10:13
ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރަން ކޮންސްޓަރަކްޝަން މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކުރީ ޖުމުލަ 126 މިލިއަން ރުފިޔާއަށެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ޝާމިލެއެވެ. އަދި، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީއެވެ.