މިސްކިތްތައް ބެލެހެއްޓުމަކީ މިހާރު ކޮންމެ ދުވަހެއްގެ މަސައްކަތެއް، ދީނީ ކަންކަމަކީ "ސެކަންޑަރީ" ކަމަކަށް ނުހަދާނަން: މޭޔަރު ޢާޒިމް
ސަން
15 މާރިޗު 2026 | އާދިއްތަ | 10:04
މާލެ ސިޓީގެ މިސްކިތްތަކަކީ ކޮންމެ ދުވަހަކުމެ ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ހިންގާ ތަންތަނަށް ހަދާފައިވާ ކަމަށާއި ދީނީ ކަންކަމަކީ އެންމެ އިސްކަންދޭ ކަންކަމުގެ ގޮތުގައި ދެމެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ކުރިން މަހަކު އެއް ފަހަރު ނުވަތަ އަހަރަކު އެއް ފަހަރު ރޯދަމަހާ ދިމާކޮށް ކުރަމުން އައި މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް، މިހާރު ވަނީ ކޮންމެ ދުވަހަކު ކުރިއަށްދާ މުހިންމު ޕްރޮސެސްއަކަށް ބަދަލުކުރެވިފައެވެ.
އެ ގޮތުން، ދީނީ ކަންކަމަކީ ސެކަންޑަރީ ނުވަތަ އެހެން ދަރަޖައިގެ ކަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއީ އެންމެ މުހިންމު އަސާސީ ކަންކަމުގެ ގޮތުގައި ކައުންސިލުން ބަލަމުންދާނެކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.