މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަނީ
ސަން
15 މާރިޗު 2026 | އާދިއްތަ | 11:33
މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މާލެ ސިޓީގައި ފިތުރު ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އިއުލާނުކޮށްފައެވެ.
އެ ގޮތުން، މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ނިންމާފައިވަނީ މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދުލް ޙަސަން އާދަމާއި، ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ.