ކަރަލާއި ޕެޝަންފްރުޓްގެ އަގު ބޮޑުވެއްޖެ

ސަން

15 މާރިޗު 2026 | އާދިއްތަ | 11:10

މި ރޯދަމަހުގެ ފަހު ދިހައެއްގައި އެވްރެޖްގޮތެއްގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓިފައި ހުރި ނަމަވެސް ބާޒާރުގައި މިއަދު ކަރަލާއި ޕެޝަން ފްރުޓްގެ އަގު ބޮޑުވެއްޖެއެވެ.

އާންމުކޮށް ރޯދަމަހަކީ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލޭ މަހެކެވެ.

މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، ކަރާ ކިލޯއެއްގެ އަގު ވަނީ 35 ރުފިޔާއަށް ބޮޑުވެފައެވެ. އެއީ، ރޯދަމަސް ފެށުނުއިރުން ފެށިގެން 30 ރުފިޔާގައި ހުރި ކަރަލުގެ އަގަށް އައި ފަސް ރުފިޔާގެ ބޮޑުވުމެކެވެ. އަދި، ޕެޝަންފްރުޓްގެ އަގު ވެސް ވަނީ 150 ރުފިޔާއަށް ބޮޑުވެފައެވެ.

މައުޟޫޢުތަށް