ނޯތު ހާބަރުގެ ފީތައް ބޮޑުކުރަން މަޝްވަރާއެއް ނުކުރަން: އެމްޕީއެލް

ސަން

15 މާރިޗު 2026 | އާދިއްތަ | 11:39

މާލޭގެ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ ދޯނިތަކުން ނަގާ ފީތައް ބޮޑުކުރަން މިހާތަނަށް ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފިއެވެ.

އެމްޕީއެލްއިން މިއަދު ވަނީ، ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީ ބޮޑުކުރަން އެމްޕީއެލްއާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ، އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ ނޯތު ހާބަރު ސަރަހައްދުގައި ފީ ބޮޑުކުރާ ކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް