ހަނގުރާމައިގެ އަސަރު: ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވެ، މިމަހު 18،626 ފަތުރުވެރިންގެ ވެއްޓުމެއް!
ސަން
16 މާރިޗު 2026 | ހޯމަ | 11:43
މި މަހުގެ ފުރަތަމަ 14 ދުވަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިން އައި އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 18،626 ފަތުރުވެރިން މަދުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 551،416 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. އެއީ ވޭތުވެދިޔަ 2025 ވަނަ އަހަރާއި 2024 ވަނަ އަހަރާ އަޅާ ބަލާއިރު ވެސް ކުރިއެރުމެކެވެ.
އެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު މިމަހު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރާތްކުރީ 69،648 ފަތުރުވެރިންނެވެ.