ޖަނަވާރުންނަށް އަނިޔާކޮށް މަރާނަމަ، ޖަލަށްލައި ހަރުކަށި ފިޔަވަޅު އެޅޭނެކަން ހަނދާން ކޮށްދީފި
ސަން
16 މާރިޗު 2026 | ހޯމަ | 12:06
ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި މަރާ، ނުވަތަ ޖަނަވާރުންނަށް އިހުމާލުވާ ފަރާތްތައް ޖޫރިމަނާކޮށް ޖަލަށްލެވޭނެ ކަމަށް، އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ، ފަހަކަށް އައިސް ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، ޖަނަވާރުން މަރައި އެ ތަކެއްޗަށް ހާނިއްކަކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަނަވާރުންނަކީ އިހުސާސްތައް ހުންނަ މަޚުލޫގުން ކަމަށާއި، އެ ތަކެއްޗަށް އޯގާތެރިވުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީގޮތުން ވެސް ވާޖިބެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.