މެލޭޝިއާގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ސަން
16 މާރިޗު 2026 | ހޯމަ | 11:46
މި އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި، އޮކްޓޯބަރު ހަތަރަކުން 10 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށް ދެ ކެޓެގަރީއަކުން ވަނީ ފުރުޞަތު ލިބިފައެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީއާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީއެވެ.
ހިތުން ކިޔެވުމުގެ ކެޓެގަރީއަށް ކުރިމަތިލެވޭނީ އުމުރުން 13 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ބައިގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ހިތުދަސްކޮށް، ޤައުމީ މަރުކަޒުން ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނަށެވެ. މީގެ އިތުރުން، އައްޝައިޚް މިންޝާވީ ނުވަތަ އައްޝައިޚް އަބްދުލް ބާސިތުގެ މުރައްތަލް ކިޔެވުމުގެ ވައްޓަފާޅިއަށް ކިޔަވަން އެނގުމަކީވެސް ލާޒިމު ކަމެކެވެ.