ދުވާލަކު 3،000 ފަތުރުވެރިންގެ ބުކިން ކެންސަލް އެބަވޭ، ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ: ފިރާގު

ސަން

16 މާރިޗު 2026 | ހޯމަ | 12:20

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަން ކުރިން ބުކިން ހަދާފައިވާ އެތައް ހާސް ބަޔަކަށް ނާދެވި, ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަމަށާއި މީގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް, އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާޤު މިއަދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

"އިނަ މޯލްޑިވްސް"ގެ ވެރިޔާ އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާޤު ވިދާޅުވި ގޮތުގައި، މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2،500 އާއި 3،000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިންގެ ބުކިންތައް ދަނީ ކެންސަލްވަމުންނެވެ. މިއީ ރާއްޖެއަށް އާމްދަނީގެ ގޮތުން ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް