ވޯޓާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި އިސްކަން ދެނީ ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް، ޕާޓީއަކަށް ނޫން: ޕީއެސްއެމް

ސަން

16 މާރިޗު 2026 | ހޯމަ | 4:58

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި އިސްކަން ދެނީ ކުރީގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު 13:00އަށް ވަނީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބްއާ ބައްދަލުކުރަން ޕީއެސްއެމް ހިންގާ އިމާރާތަށް ގޮސްފައެވެ.

އެއީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހޭލުންތެރިކުރުމަށް ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތަކުގައި އެ ޕާޓީއަށް ފުރުސަތު ނުދޭ ކަމަށް ބުނެއެވެ. ކަންބޮޑުވުމަކީ، ޕީއެސްއެމްއިން ގެނެސްދެނީ، އެ ވޯޓަށް ތާއިދުކުރަން ޖެހޭ ސަބަބުތައް އެކަނި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް