ބިދޭސީންނަށް ކޭބަލް ޓީވީގެ ޚިދުމަތް ނުދެވޭ ގޮތް ހެދުމަށް އެދި ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ސަން

16 މާރިޗު 2026 | ހޯމަ | 5:36

ރާއްޖޭގައި ބިދޭސީންނަށް ކޭބަލް ޓީވީ ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ނުދެވޭ ގޮތަށް ގާނޫނެއް ހަދައިދިނުމަށް އެދި، އެ ސިނާއަތުގައި ހަރަކާތްތެރިވާ 100 އެއްހާ ވިޔަފާރިވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރައީސް އޮފީހަށާއި ރައީސް މުޢިއްޒަށް އެޑްރެސްކޮށް ހުށަހެޅި މި ޕެޓިޝަނުގެ މައިގަނޑު މަގުސަދަކީ، ދިވެހިންގެ އަތްމަތީގައި އޮތް މި ވިޔަފާރީގެ ތެރެއަށް ބިދޭސީންނާއި ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް ނުވަދެވޭނެ ގޮތަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. ކޭބަލް ޓީވީގެ ޚިދުމަތް ދޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ޕެޓިޝަން ހުށަހަޅަން ޖެހުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދާދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.



މައުޟޫޢުތަށް