ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އިދިކޮޅުގެ ޚިޔާލު ފާޅުކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ، އެމްޑީޕީން ޕީއެސްއެމް ކައިރި އިހުތިޖާޖުކޮށްފި

ސަން

16 މާރިޗު 2026 | ހޯމަ | 10:02

ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅުގެ ޚިޔާލު ފާޅުކުރަން ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ވަގުތު ނެދޭ ކަމަށް ބުނެ، އެމްޑީޕީން މިއަދު އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު 13:00 އަށް ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކުރަން ޕީއެސްއެމް ހިންގާ އިމާރާތަށް ގޮސްފައެވެ. އެމްޑީޕީން ޕީއެސްއެމް ހިންގާ އިމާރާތަށް ދިޔުމުން، ޝަކީބް މާލެ ނޫޅުއްވާކަން އެ ތަނުގެ ރިސެޕްޝަނުން ވަނީ އަންގާފައެވެ.

އެހެންވެ، އެ ޕާޓީން އެދުނީ ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކޮށްދިނުމަށެވެ. އެ ކަން ނުވުމުން، ޕީއެސްއެމް ހިންގާ އިމާރާތުގެ ރިސެޕްޝަނުގައި ތިބެ އެމްޑީޕީން ވަނީ، ޝަކީބް އިސްތިއުފާދެއްވުމަށް ގޮވާލައި ނުރުހުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް