މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ސަން
16 މާރިޗު 2026 | ހޯމަ | 11:41
އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ލަންކާ މީހެއްގެ ރަން ފަށެއް ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ހއ. ދިއްދޫ، ޝަރުމީމަންޒިލް މުހައްމަދު އަރީފެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ.
އަރީފުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ރަން ފަށެއް ފޭރިފައެއް ނުވާނެ ކަމަށް ބުނެފައެވެ. އޭނާއަކީ ގިނަ އަދަދަކަށް ކުށުގެ ރިކޯޑް އޮންނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.