32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް ޖަލުން ދޫކޮށްލަައި، ގޭބަންދަށް
ސަން
17 މާރިޗު 2026 | އަންގާރަ | 12:02
ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް މިއަދު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ބައްސާމްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެ، ހަތަރު ދައުވާއެއް ވަނީ ސާބިތުވެފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ދިގު ޖަލު ހުކުމެއްގައި ހުރި ބައްސާމް ގޭބަންދަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެކަމަކު، އޭނާ ގޭބަންދަށް ބަދަލުކުރަން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.