ފެރީތަކާއި މަސްވެރިންނާއި ރަށްރަށުގެ ޝެޑްތަކަށް ކުރީގެ ރޭޓްގައި އެސްޓީއޯއިން ތެޔޮ ލިބޭނެ ގޮތް ހަދަނީ
ސަން
17 މާރިޗު 2026 | އަންގާރަ | 12:27
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް މަތިވެ، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާއިރު، އެސްޓީއޯއިން އެ ފަރާތްތަކަށް ކުރީގެ ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ނިންމައިފިއެވެ.
ތެލުގެ އަގަށް އައި ކުއްލި ބަދަލާ އެކު، ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ލޯންޗުތަކާއި ފެރީތަކުގެ ޓިކެޓު ވެސް ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ރޯދަމަސް ފެށުނުތަނާހެން އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.
އެސްޓީއޯގެ އޮފިޝަލަކު މިއަދު 'ސަން'އަށް ބުނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު އެސްޓީއޯއިން ހަަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ. އަދި، މަސްވެރިންނަށް ފަހި ހަކަތަ ޕްރޮގްރާމްގެ ތެރެއިން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.