ޕެޓްރޯލުގެ އަގު އުފުލޭއިރު ޓެކްސީގެ އަގު ހިފަހައްޓައި ބުރަ އުފުލަންޖެހުމަކީ އިންސާފެއްނޫން: ޑްރައިވަރުން
ސަން
17 މާރިޗު 2026 | އަންގާރަ | 9:54
ޕެޓްރޯލުގެ އަގު އުފުލެމުންދާއިރު ޓެކްސީ ދަތުރުތަކުގެ އަގު ހިފަހައްޓައި، އޭގެ ހުރިހާ މާލީ ބުރައެއް ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ނޫންކަމަށް ބުނެ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސްޓީއޯއިން މި މަހުގެ ފަސްވަނަ ދުވަހު ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އިގްތިސާދީ ގޮތުން އެތައް ދަތިތަކެއް ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވަމުންދާ ކަމަށެވެ.
ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ޚަރަދުތައް އިންތިހާއަށް އުފުލެމުންދާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.