ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރަން މިފްކޯއިން ނިންމައިފި

ސަން

17 މާރިޗު 2026 | އަންގާރަ | 11:34

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްތެލުގެ އަގު ބޮޑުކުރުމަށް އިއްޔެ ނިންމުން ބަދަލުކޮށް، ކުރީގެ ރޭޓުގައި މަސްވެރިންނަށް ޑީސަލް ދޫކުރަން ސަރުކާރުގެ ކުންފުނި، މިފްކޯއިން މިއަދު ނިންމައިފިއެވެ.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން އިއްޔެ އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް ބޮޑުކޮށްފައެވެ. ނަމަވެސް ރޭ ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކުރަން ނިންމި ކަން ހާމަކޮށްފައެވެ.

ނަމަވެސް އެސްޓީއޯގެ ކުރީގެ ނިންމުމާ އެކު، މިފްކޯއިން ވެސް އިއްޔެ ވަނީ މަސްވެރި އޮޑިދޯނިފަހަރަށް މިފްކޯއިން ވިއްކާ ޑީސަލްތެޔޮ ލީޓަރެއްގެ އަގު ބޮޑުކޮށްފައެވެ. މިގޮތުން، މިފްކޯއަށް މަސްކިރާ މަސްދޯނިފަހަރަށް ލީޓަރެއް ވިއްކާ އަގު އިއްޔެ ބޮޑުކުރީ 27.24 ރުފިޔާއަށެވެ. އާންމު އެހެން ފަރާތްތަކަށް ވިއްކާ އަގުވަނީ 28.54 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މައުޟޫޢުތަށް