ތެލުގެ އަގު އުފުލޭއިރު، އިގުތިސާދަށް ވުރެ ރައީސް ސަމާލުކަން ދެއްވަނީ ''ބާރުތައް އެއްކުރާ'' ވޯޓަށް: އެމްޑީޕީ
ސަން
17 މާރިޗު 2026 | އަންގާރަ | 1:08
ރާއްޖޭގައި ތެލުގެ އަގު އުފުލެމުން އަންނައިރު އޭގެ ސަބަބުން ދިމާވާ އިގުތިސާދީ ނުރައްކަލަށް ވުރެ ބޮޑަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަނީ، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ބާއްވާ ޚިޔާލު ހޯދުމުގެ ވޯޓަށް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އޭގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރާއި ފަތުރުވެރިކަމާއި ރާއްޖޭގެ އިގުތިސާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޕާޓީން ތުހުމަތު ކުރި ގޮތުގައި، ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އިގުތިސާދަށް ކުރިމަތިވާނެ މައްސަލަތަކުގެ ބަދަލުގައި، ރައީސްގެ ސަމާލުކަން ހުއްޓިފައި ވަނީ، ''ބާރުތައް އެއްކުރުމަށް އަވަސްއަރުވާލައިގެން'' ބާއްވާ ފެންނަ ނުފެންނަ ވޯޓަށް ކަމަށް އެ ޕާޓީން ބުންޏެވެ.