ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލާއި، ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރިމް ކޯޓަށް

ސަން

17 މާރިޗު 2026 | އަންގާރަ | 1:47

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި، އެކަމަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުން އެދި ސުޕްރިމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. މި ބިލު ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ ފެބުރުއަރީ ޖެހިގެން އައި ދުވަހެވެ. އެއާއެކު މިދިޔަ މަހުގެ 16ވަނަ ދުވަހު ރައީސްވަނީ ފެންނަނުފެންނަ ވޯޓެއް ބާއްވަން ގަރާރު ނެރުއްވައިފައެވެ.

ކަން އެހެން އޮއްވައި އެ ބިލު ބާތިލުކޮށް، ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރިމް ކޯޓަށް މިވަނީ ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފައެވެ.

މައުޟޫޢުތަށް