ކުޑަހުވަދޫގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް، ޑީސަލް ލީޓަރެއް 40، ޕެޓްރޯލް 36 ރުފިޔާއަށް!

ސަން

17 މާރިޗު 2026 | އަންގާރަ | 5:08

ތެލުގެ އަގަށް އައި ބަދަލާއެކު, ދ. ކުޑަހުވަދޫގައި ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ އިއްޔެއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެގޮތުން ކުޑަހުވަދޫގައި ޕެޓްރޯލް އަދި ޑީސަލްގެ އަގު ވެސް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

މައުޟޫޢުތަށް