ޚިޔާނާތުގެ ތުހުމަތުގައި އައިލެންޑް އޭވިއޭޝަނުން ކަނޑާލި މުވައްޒަފަކަށް، ބަދަލާ އެކު ވަޒީފާ ދޭން ޖެހިއްޖެ

ސަން

17 މާރިޗު 2026 | އަންގާރަ | 7:51

ކޮވިޑު 19ގެ ދުވަސްވަރު ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، އައިލެންޑް އޭވިއޭޝަންގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް، ބަދަލެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ ނަގައިދީ، ވަޒީފާ އަލުން ރުޖޫއަކޮށްދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

މިއީ، 1993 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަންގައި ވަޒީފާ އަދާކުރި އެ ކުންފުނީގެ ސީނިއާ އެކައުންޓްސް ކޯޑިނޭޓަރެއް ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ 2024 ވަނަ އަހަރެވެ. އެކަމަކު، ތަހުގީގު ބޭނުމަށް ކަމަށް ބުނެ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އޭނާ ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ވިޔަފާރި ސޭލްސްގެ ގޮތުގައި ލިބިފައިވާ ފައިސާއަށް އިހުމާލުވެ، ފައިސާ ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. އަދި، އައިލެންޑް އޭވިއޭޝަންގެ ސޭލްސް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އެހެން ކުންފުންޏަކާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ ފައިސާ އެ ކުންފުންޏަށް ދެމުންދާ ކަމަށް ވެސް އެ މުވައްޒަފަށް ތުހުމަތުކޮށްފައިވެއެވެ.

މައުޟޫޢުތަށް