ފެންނަ ނުފެންނަ ވޯޓުގެ ސުވާލުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވޭ: އޭޖީ އޮފީސް

ސަން

17 މާރިޗު 2026 | އަންގާރަ | 9:46

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރުގެ އުމުރު ކުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ކުރަން ކަނޑައަޅައިފައިވާ ސުވާލަކީ ގާނޫނުއަސާސީއާ އެއްގޮތަށް ފަރުމާކޮށްފައިވާ ސައްހަ ސުވާލެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ ނަމަ، އެ ކަމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ކަމަށާއި ނަމަވެސް މިހާރު ފާސްކޮށްފައިވާ ބިލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި އޮތް ސުވާލަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ސުވާލެއް ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް