ކޮޓަރި އަނދާ އަޅިއަށް، 7 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ސަން

17 މާރިޗު 2026 | އަންގާރަ | 10:31

ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރިއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، އަލިފާން ހިފާފައިވަނީ ހުޅުމާލެ ލޮޓް 11395 ގައި ކަމަށެވެ. އަދި، އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހަވީރު ވަނީ ބުނެފައެވެ.

މިރޭ އެ އޮތޯރިޓީން ހިއްސާކޮށްފައިވާ އެންމެ ފަހުގެ އަޕްޑޭޓުގައި ވަނީ ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި، ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެ ވެސް ވަރަކަށް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް