ކެމްޕޭން ޕޯސްޓަރުތައް ނެގުމަކީ ޖިނާއީ ޖަރީމާއެއް: ޒާޔާ
ސަން
17 މާރިޗު 2026 | އަންގާރަ | 10:25
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތައް ނެގުމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހިންގި ޖިނާއީ ޖަރީމާއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައި ހުރި ބެނާތަކާއި ކެމްޕޭން ޕޯސްޓަރުތައް އެޗްޑީސީން ވަނީ ނަގާފައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ޒާޔާ ވިދާޅުވީ، ހުޅުމާލޭގައި ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތައް ބަހައްޓަން އެޗްޑީސީގެ ހުއްދައަށް އެންމެ ފުރަތަމަ އެދުނު ކެންޑިޑޭޓަނަކަށް އޭނާ ވާނެ ކަމަށެވެ.