ދިގުރަށުގައި 5 ބިދޭސީން މަރުވުން: "ހާދިސާތަކާ ގުޅިގެން އެއް ހަމައަކުން އެހީވާނެ"
ސަން
17 މާރިޗު 2026 | އަންގާރަ | 11:13
އދ. ދިގުރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސް ދިވެހީންނާއި ބިދޭސީން ތަފާތުކުރުމެއް ނެތި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
އެ ނުރައްކާތެރި ހާދިސާގައި ފަސް ބިދޭސީން ވަނީ މަރުވެފައެވެ. އަދި، އިތުރު ދެ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މި ފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމާ އެކު، ގިނަ ބަޔަކު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އަލިފާނުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަރުވި ނަމަވެސް އެކަންކަމާ ގުޅިގެން އެންމެ ހަރުދަނާ ފިޔަވަޅުތައް ނާޅާކަމުގެ ޝަކުވާ އިތުރުވިއެވެ.