ވަގު އެމްސީއެއް ހުށަހެޅި ޓީއެމްއޭގެ ކެބިންކްރޫ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި
ސަން
18 މާރިޗު 2026 | ބުދަ | 8:50
ފޯޖުކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅި ޓީއެމްއޭގެ ކެބިންކްރޫއެއް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މިއީ، ޓްރާންސް މޯލްޑިވިއަން އެއާވޭސް- ޓީއެމްއޭގެ ކެބިން އެޓެންޑެންޓެއް، 2024 ވަނަ އަހަރު ވަޒީފާއިން ވަކިކުރި މައްސަލައެވެ.
އެ ކެބިން އެޓެންޑެންޓު، ވަޒީފާއިން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ދުވަސްކޮޅެއް ކުރިން، މި މައްސަލައިގައި އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވެއެވެ.