ހުޅުމާލޭގައި 1،000 އަގުހެޔޮ ފްލެޓް އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ސަން
18 މާރިޗު 2026 | ބުދަ | 11:32
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން 1،000 ފުލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރީ މިދިޔަ މަހުގެ 26ގައެވެ. އެ އިއުލާނުގައި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.
އެ މިނިސްޓްރީން މިއަަދު ވަނީ އެ އިއުލާނަށް ބަދަލުގެނެސްފައެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ޕްރޮޕޯޒަލްތައް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ މެއިލް [ ] އަށެވެ.