ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އަދާލަތުން ވެސް ތާއީދުކޮށްފި

ސަން

18 މާރިޗު 2026 | ބުދަ | 12:12

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް, އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި "ފެންނަކަމަށް" ވޯޓު ދިނުމަށް ޢަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ބުނިގޮތުގައި އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ، އެ ޕާޓީގެ އައު ރައީސް ޝައިޚް މުޙައްމަދު ޝިފާންގެ ރިޔާސަތުގައި ބޭއްވި މަޝްވަރާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރެއްވުމަށްފަހު، އަޣުލަބިއްޔަތުންނެވެ.

ޢަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުމަކީ ޤައުމާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ.

މައުޟޫޢުތަށް