ގުދަނުގައި އަލިފާން ރޯވުން: ދުމުގެ އަސަރުކުރުމުން ހާލުދެރަވި އަންހެން ފުލުހަކަށް ފަރުވާދެނީ

ސަން

18 މާރިޗު 2026 | ބުދަ | 2:25

މާލޭ ގަލޮޅު މޯޗަރީ ކައިރީ ގުދަނެއްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ދުމުގެ އަސަރުކުރުމުން، ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި ދުމުގެ އަސަރުކުރީ އެ ސަރަހައްދުގައި ހަރަކާތްތެރިވި އަންހެން ފުލުހަކަށް ކަމަށެވެ. އަދި އެ ފުލުހަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ހުވަފެނީ ގޯޅީގައި އަލިފާން ރޯވީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށާއި، އޭގެ ގާތްގަނޑަކަށް ގަޑިއިރެއް ތެރޭ 11:52 ހާއިރު އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް