ހަނގުރާމައިގެ ސަބަބުން، ރާއްޖޭން ބައިވެރިވާ އެންމެ ބޮޑު އެއް ފެއާ، 'އަރަބިއަން ޓްރެވަލް މާކެޓު' އޮގަސްޓު މަހަށް ފަސްކޮށްފި

ސަން

18 މާރިޗު 2026 | ބުދަ | 3:43

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ރާއްޖޭން އާންމުކޮށް ބައިވެރިވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ "އަރަބިއަން ޓްރެވަލް މާކެޓު" އަންނަ އޮގަސްޓް މަހުގެ މެދުތެރެއަށް ފަސްކޮށްފިއެވެ.

މިއަހަރު އަރަބިއަން ޓްރެވަލް މާކެޓު، އަދި އޭޓީއެމް ޓްރެވަލް ޓެކްއާއި އައިބީޓީއެމް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ އަންނަ މޭ މަހުގެ ހަތަރުވަނަ ދުވަހުން ހަތްވަނަ ދުވަހަށެވެ.

އެކަމަކު އަރަބިއަން ޓްރެވަލް މާކެޓު އިންތިޒާމްކުރާ ފަރާތުން އިންސްޓަގްރާމްގައި ކުރި އިއުލާނެއްގައި ވަނީ، އަންނަ އޮގަސްޓު މަހުގެ 17ވަނަ ދުވަހުން 20ވަނަ ދުވަހަށް، އަރަބިއަން ޓްރެވަލް މާކެޓު ފަސްކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް