ވެމްކޯގައި ނުރައްކާތެރި ހާދިސާތައް ހިނގާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާކުރަން ހުޅުވާލައިފި
ސަން
18 މާރިޗު 2026 | ބުދަ | 4:18
ކުނީގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މަސައްކަތު މާހައުލުގައި ނުރައްކާތެރި ހާދިސާތައް ހިނގައި، މުވައްޒަފުންގެ ހާލަތާ މެދު ކަންބޮޑުވުންތައް އުފެދިފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގު ފަށައި، އެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެ ކޮމިޝަނާ ހިއްސާކުރުމަށް ހުޅުވާލައިފިއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅު، ވެމްކޯގެ ތަހުގީގެއް ހިންގާނެކަން އެޗްއާރުސީއެމުން ހާމަކުރީ މިއަހަރުގެ އެ މުއްދަތުގައި ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ.
މިއަދު އެޗްއާރުސީއެމުން ނެރުނު އިއުލާނެއްގައި ބުނީ، ކުނި އުކާލުމާއި ނެގުމުގެ މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކުގެ ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.