އެސްއެމްއީ ޑިޖިޓަލްގެ އަހަރީ ދުވަހާ ގުޅުވައިގެން ބިދޭސީންނަށް ރޯދަ ވީއްލުން ދީފި

ސަން

19 މާރިޗު 2026 | ބުރާސްފަތި | 12:54

އެސްއެމްއީ ޑިޖިޓަލްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ, ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެންނެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ، މި ހަރާކާތުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރޯދަވީއްލާ ކާބޯތަކެތީގެ ޕެކް ބަހާފައި ވާކަމަށެވެ.

މައުޟޫޢުތަށް