ދުމުގެ އަސަރުކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ، އެ ސަރަހައްދަށް އެއް ނުވާން އެދެފި

ސަން

18 މާރިޗު 2026 | ބުދަ | 11:59

ތޮއިބާ މިސްކިތް ކައިރި ހުރި ގުދަނެއްގައި މިރޭ ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު 21:30 އެހާކަންހާއިރެވެ.

މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ.

މައުޟޫޢުތަށް