އޮޕަރޭޝަން އަލިމަގު: ބައިކިލޯގެ ޑްރަގް މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު އިތުރުކޮށްފި

ސަން

19 މާރިޗު 2026 | ބުރާސްފަތި | 12:23

އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ވަކިވަކިން ހައްޔަރު ކުރި ދެ މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާ އެކު މިދިޔަ ފެބުރުއަރީ މަހު ހައްޔަރު ކުރި މީހަކީ ލ. ހިތަދޫ / ހަފުލާ، އުމުރުން 21 އަހަރުގެ ޢަލީ މުފާވިޒެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ކޯޓުން ޖެހީ 30 ދުވަހެވެ.

އޭނާއަކީ، ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހެއްގެ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މައުޟޫޢުތަށް